ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: BML/PD:2014/509
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:37
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓަރީކުރުމަށް ހުޅުވާލުން

މި ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ވިއްކަވާ ފަރާތްތަކަކީ މި ކުންފުނީގައި އެކަމަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަކަށް ހެދުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މި ގޮތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް މުދަލާއި ޚިދުމަތް ވިއްކަވަން ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި، އަމިއްލަ ނަމުގައި ނުވަތަ ވިޔަފާރި ނަމެއް ރަޖިސްޓަރީކޮށްގެން ވިޔަފާރިކުރާ ފަރާތްތައް ހިމެނެއެވެ.

ރަޖިސްޓަރީ ކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ފުރިހަމަކުރެއްވުމަށް ކަނޑައެޅިފައިވާ ވެންޑަރ ރަޖިސްޓްރޭޝަން ފޯމު މި ބޭންކުގެ ވެބްސައިޓް ( www.bankofmaldives.com.mv(  އިން ޑައުންލޯޑް ކުރެއްވޭނެއެވެ. ރަޖިސްޓަރީ ކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވެންޑަރ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއި ފޯމުގައި ލިސްޓުކުރެވިފައިވާ ލިޔެކިޔުންތައް ބޭންކަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދަޢުވަތު އަރުވަމެވެ.

ބޭންކުން ގަންނަން ބޭނުންވާ މުދަލާއި ޚިދުމަތްތަކަށް ބީލަން ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލާއިރު، ވެންޑަރގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވެވަޑައިގަންނަވާނަމަ، ވެންޑަރ ރަޖިސްޓްރޭޝަނަށް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް އަލުން ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެއެވެ. ނަމަވެސް ކުރިން ހުށަހަޅުއްވާފައިވާ އެއްވެސް ލިޔުމެއްގެ މުއްދަތު ހަމަވެގެން ނުވަތަ އެހެން ގޮތަކުން ނަމަވެސް ބަދަލުވެފައިވާނަމަ، އެ ބަދަލުވި ލިޔުން ބޭންކަށް ހުށަހަޅުއްވައި ބޭންކަށް ދެއްވާފައިވާ މަޢުލޫމާތު ޞައްޙަ ކުރައްވަންވާނެއެވެ.

ބޭންކުން ވެންޑަރ ރަޖިސްޓަރީކުރުމުގައި ތަފާތު ކެޓަގަރީތައް ވަނީ ފާހަގަކޮށްފައެވެ. ކޮންމެ ވެންޑަރއަކަށްވެސް އެ ފަރާތުން އެދިވަޑައިގަންނަވާ ކެޓަގަރީއެއް ނުވަތަ ކެޓަގަރީތަކެއްގައި ރަޖިސްޓަރީ ވުމަށް އެދިވަޑައިގެންނެވިދާނެއެވެ. އަދި އެ ކެޓަގަރީ ނުވަތަ އެ ކެޓަގަރީތަކުގައި އެ ފަރާތުގެ ތަޖުރިބާއާއި ފެންވަރު ހާމަކުރުމުގެ ގޮތުން މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ. ރަޖިސްޓަރީ ކުރައްވަން އެދިވަޑައިގަންނަވާ ކެޓަގަރީގައި ނުވަތަ ކެޓަގަރީތަކުގައި އެފަރާތުގެ ތަޖުރިބާއާއި ފެންވަރު ސާފުކޮށް ބަޔާންވުމަކީ ވެންޑަރ އެ ކެޓަގަރީގައި ރަޖިސްޓަރީކުރުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

ޢާންމުކޮށް އިޢުލާންކޮށް ހުޅުވާލާ ބީލަންތައް ފިޔަވައި، އެކި ސަބަބުތަކާހުރެ ވަކި ފަރާތްތަކަށް ދަޢުވަތުދީގެން ކުރިއަށްގެންދާ ބިޑްތަކުގައި، ޢާންމުކޮށް ދަޢުވަތު ދެވޭނީ، އެ ކެޓަގަރީގެ ވެންޑަރގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ވެންޑަރުންނަށެވެ.

ވެންޑަރ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކުން ބޭންކުގެ އެއްވެސް ބީލަމެއްގައި ބައިވެރިނުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާނަމަ، ވެންޑަރ ރަޖިސްޓަރީން އެ ފަރާތެއް އުނިކޮށްލެވިދާނެއެވެ. އަދި ބޭންކަށް މުދަލާއި ޚިދުމަތް ވިއްކުމުގައި އެކަށީގެން ނުވާ ގޮތްތަކަށް ޢަމަލު ކުރައްވާ ފަރާތްތައް ވެންޑަރ ރަޖިސްޓަރީން އުނިކޮށްލެވިދާނެއެވެ. 

ވެންޑަރ ރަޖިސްޓްރޭޝަނަށް އެދި ހުށަހަޅުއްވާ ފަރާތަކުން ހުށަހަޅުއްވާފައިވަނީ، ޞައްޙަ ނޫން މަޢުލޫމާތު ނުވަތަ ލިޔެކިޔުން ކަމުގައި ބެލެވޭފަދަ ސަބަބުތަކެއް ހުރިނަމަ އެ ފަރާތެއް ވެންޑަރ ރަޖިސްޓަރީގައި ނުހިމެނޭނެއެވެ.

ވެންޑަރ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކުން ބޭންކުގެ ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3015351 ،3015352  ،3015386، 3015359 ނަންބަރަށް ފޯނު ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

26 ޛުލްޙިއްޖާ 1435

20 އޮކްޓޫބަރު 2014