ދިވެހިރާއްޖެ
މި އިންސްޓިޓިއުޓްގެ ފަރާތުން 8 ޖޫން 2022 ވަނަ ދުވަހު އިފްތިތާހް ކުރެވުނު މެރިކަލްޗަރ ތަމްރީން ޕްރޮގްރާމްގެ ދަށުން މި އަންނަ އޮކްޓޯބަރު މަހުގެ 25 ން ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މެރިކަލްޗަރ ކުރަން ޝައުޤު ވެރިކަން ހުންނަ 15 ފަރާތަކަށް އަމާޒު ކޮށްގެން ކ. މަނިޔަފުށީގައި އަސާސީ މެރިކަލްޗަރ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 14.00ގެ ކުރިން މި އިޢްލާނާއެކު އެއްކަރުދާސް ކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ.
ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު މި އިންސްޓިޓިއުޓްގެ ނަންބަރު 3322242 ނުވަތަ 3028730 ފޯނަށް ގުޅުއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.