ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2022-112
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 11 ސެޕްޓެންބަރު 2022 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 މެނޭޖަރ – މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 މެނޭޖަރ - ގްރޭޑް 02

މުސާރަ:

 މަހަކު 12750.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5100.00 ރުފިޔާ

- ފޯނު އެލަވަންސް: 450.00 ރުފިޔާ  

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.  ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މާސްޓަސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2-1 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3-5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މެނޭޖިންގ ޑިރެކްޓަރުގެ މަސައްކަތައްތަކަށް ބޭނުންވާ ޑޮކިއުމަންޓް އަދި ރިޕޯޓްތައް ތައްޔާރު ކުރުން.

- މެނޭޖިންގ ޑިރެކްޓަރު ބައިވެރިވާ ދަތުރުތައް ރޭވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން

- މެނޭޖިންގ ޑިރެކްޓަރު މީޓިންގްތައް ހަމަޖެއްސުމާއި މީޓިންގެ އެޖެންޑާ ކަނޑައަޅައި ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރުން.

- މެނޭޖިންގ ޑިރެކްޓަރު ބައިވެރިވާ މީޓިންގ ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.

- ޑިޕާޓްމަންޓްތަކުން ބިއުރޯއަށް ފޮނުވަން ކަނޑައެޅިފައިވާ ލިޔެކިޔުން ޤަވައިދުން ފޮނުވާކަން ކަށަވަރު ކުރުން.

- ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕޮޖެކްޓްތަކާއި ހާއްސަ މަސައްކަތްތަށް ޑޭޓާތައް ބިއުރޯއަށް ލިބޭނެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.

- މެނޭޖިންގ ޑިރެކްޓަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފޯރޮކޮށްދޭންޖެހޭ މައުލޫމާތުތައް ތައްޔާރުކޮށް، މެނޭޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން އެފަދަ މައުލޫމާތުތައް ހިއްސާ ކުރުން.

- ކޯޕަރޭޝަންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުގައި އެހީތެރިވުން.

- މެނޭޖިންގ ޑިރެކްޓަރ އަންގާވާ މުހިންމު މަސައްކަތްތައް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ނިންމޭކަން ކަށަވަރު ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 11 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                   09  ޞަފަރް   1444   

04 ސެޕްޓެންބަރު 2022