ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2022/46
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި:
15 ސެޕްޓެންބަރު 2022 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށް ޕްރޮމޯޓް ކުރުމަށް ޝިއާރެއް ކަނޑައެޅުމާއި ގުޅޭ
އދ.ފެންފުށި ޕްރޮމޯޓް ކުރުމަށް ޝިއާރެއް ކަނޑައެޅުމުގެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ހުޅުވާލަމެވެ. ހުށަހަޅާ ޝިޢާރުކަތުގެ ތެރެއިން އެންމެ ކަމުދާ ޝިއާރެއް ހުށަހަޅާ ފަރާތަކަށް -/1000ރ (އެއްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
މި ޝިއާރު ހުށަހެޅުމާއި ގުޅޭގޮތުގެ އުސޫލު ތިރީގައިއެވަނީ އެވެ.
- ޝިއާރު ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާނީ ފެންފުށީގެ ރަށްވެހިންނަށް.
- ޝިއާރު ހުށަހަޅަންޖެހޭނީ ލިޔުމަކުން. (ހުށަހަޅާ ޑޮކިއުމަންޓްތަށް [email protected] އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ).
- ޝިއާރު ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހިމަނަންވާނެ. (ނަން، އައިޑީކާޑު ނަންބަރު، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު)
- ހުށަހެޅޭ ޝިއާރުތަކުގެ ތެރެއިން ކައުންސިލަށް އެންމެ ކަމުދާ 3 ނުވަތަ 5 ޝިއާރު ކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ރައްޔިތުންގެ ވޯޓަކަށް ހުޅުވާލެވޭނެ.
- މި ޝިއާރުތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ޝިއާރަކީ ރަށް ޕްރޮމޯޓް ކުރުމަށް ބޭނުން ކުރެވޭ ޝިއާރުކަމުގައި ވާނެ.
ޝިއާރު ހެދުމުގައި ބަލަންޖެހޭ ކަންތައްތައް:
- ހުށަހެޅޭ ޝިއާރަކީ އަމިއްލަވަންތަ ޝިއާރެއް ކަމުގައިވުން.
- އެހެން ރަށެއް ރަމްޒުކޮށްދޭ ޝިއާރެއްކަމުގައި ނުވުން.
- ހުށަހެޅޭ ޝިޢާރުގެ މާނަ (މާނަ ބަޔާންކޮށް ކުރު ނޯޓެއް ހުށަހަޅަންވާނެ).
- ހުށަހެޅޭ ޝިއާރަކީ ކިޔައިލަން ފަސޭހަ މާނަ ފުން ރަށާއި ގުޅޭ ޝިއާރެއްކަމުގައި ވާންވާނެ.
ކައުންސިލަށް އެންމެ ކަމުދާ ޝިއާރު ހޮވުމުގައި ބަލާނެ ކަންތައްތައް:
- އުފެއްދުންތެރިކަން 30%
- ބަސްމަގު 20%
- ރަށާއި ގުޅުންހުރި މިންވަރު 50%
ވީމާ، 15 ސެޕްޓެމްބަރ 2022 ވާ ބުރަސްފަތި ދުވަހުގެ މެންދުރު 13:00ގެ ކުރިން ޑޮކިއުމަންޓްތައް ހުށަހަޅެން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6680539 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
04 ސެޕްޓެންބަރު 2022