ބީލަން
ނަންބަރު: (IUL)403-A/403/2022/146
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 22 ސެޕްޓެންބަރު 2022 00:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާމެންދޫ ލޭންޑް ޔޫސް ޕްލޭން ހެދުން

                                             ނަންބަރ: 46(IUL)403-A/403/2022/1

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

          ލ.މާމެންދޫގެ ބިމާއި، ފަޅު އަދި ލ.މާމެންދޫގެ އިޙްތިޞާސްގައި ހިމެނޭ ހުޅިމެންދޫގެ ބިމާއި ފަޅު އަދި ލާމާފަރު ހިމެނޭގޮތަށް ލ.މާމެންދޫގެ ލޭންޑް ޔޫސް ޕްލޭން   ހަދައިދޭނެ  ފަރާތެއް  ހޯދަން  ބޭނުންވެ، މި އިދާރާއިން  ކުރި  ނަންބަރު (IUL)403-A/403/2022/135 (16 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް 2 ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ. މި ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ތަފްޞީލް

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީވުން

05 ސެޕްޓެމްބަރު 2022 އިން

11 ސެޕްޓެމްބަރު 2022 އަށް

10:30 އިން 13:00  އާއި ދެމެދު

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

22 ސެޕްޓެމްބަރު 2022

) ބުރާސްފަތި)

13:00 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

 

މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ 10:00 ގެ ކުރިން  ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.   

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. މިބީލަން ފޮތް، 2022 ސެޕްޓެމްބަރު 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2022 ސެޕްޓެމްބަރު 21 ވާ ބުދަ ދުވަހުގެ 11:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާ އެވެ.

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              08 ޞަފަރު 1444ހ

              04 ސެޕްޓެމްބަރު 2022މ

04 ސެޕްޓެންބަރު 2022