މަސައްކަތް
ނަންބަރު: (IUL)378/378/2022/37
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 13 ސެޕްޓެންބަރު 2022 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ ވޮލީކޯޓުގެ މަސައްކަތެއް ކުރުމާ ބެހޭ

މިރަށު ފުޓްބޯޅަ ދަނޑު ސަރަޙައްދުގައި  ވޮލީ ކޯޓެއްގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެ އެވެ.  

ވީމާ، މި ކައުންސިލުންދޭ ނަމޫނާ އާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު 13 ސެޕްޓެމްބަރ 2022 ވާ (އަންގާރަ) ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކަށް ވެސް އަންދާސީ ހިސާބު ހުށައެޅިދާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ  ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަން ވާނެއެވެ.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

30 އޮގަސްޓް 2022