ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2022/247
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 11 ސެޕްޓެންބަރު 2022 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރެފްރިޖަރޭޝަން ޓެކްނީޝަން

މަޤާމް :ރެފްރިޖަރޭޝަން ޓެކްނީޝަން
ބޭނުންވާ އަދަދު :1

މަޤާމު:

ރެފްރިޖަރޭޝަން ޓެކްނީޝަން

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ފެސިލިޓީސް މެނޭޖްމަންޓް

ގްރޭޑް:

04

ސްޕައިން ޕޮއިންޓް:

23

މުސާރަ:

މަހަކު  6,936.73 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,972.88 ރުފިޔާ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓެއް ރެފްރިޖަރޭޝަން އެންޑް އެއަރކަންޑިޝަންގެ ދާއިރާ އިން ލިބިފައިވުން. ނުވަތަ،
  • ގްރޭޑް 10 ނިންމާފައިވުމާއި އެކު ވޮކޭޝަނަލް ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުން. ނުވަތަ،
  • ގްރޭޑް 7 ނިންމާފައިވުމާއެކު މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖްރިބާ ޙާސިލްކޮށްފައިވުން. 
    (މި މަޤާމަށް ކުރިމަތިލާ ހޮވޭ ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޚަރަދުގައި ޔުނިވަރސިޓީން ރާއްޖޭގައި ލިބެންހުރި ތަމްރީން ފޯރުކޮށްދިނުން. އަދި މަސައްކަތަށް ރަނގަޅުނަމަ މުވައްޒަފަށް ރާއްޖޭން ބޭރުގެ ވޮކޭޝަނަލް ޓްރޭނިންގއެއް ހޯދުމުގެ ފުރުޞަތު ޔުނިވަރސިޓީގެ ޚަރަދުގައި ހަމަޖައްސައިދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

  • އެއާރކަންޑިޝަންތައް ޤަވާއިދުން މެއިންޓަނެންސް ޗާޓެއް ތައްޔާރުކޮށް ޗާޓާ އެއްގޮތަށް ޗެކްކޮށް ބެލެހެއްޓުން.
  • ޗާޓާއެއްގޮތަށް އެއަރ ކޮންޑިޝަންތަކުގެ ފިލްޓަރ ސާފުކުރުމާއި، ދެ ޔުނިޓް ސާފުކުރުން .
  • ހަލާކުވެ ނުވަތަ މަސައްކަތް ނުކުރާ އެއާރކަންޑިޝަން، ހީޓަރު އަދި ކޫލަރުތައް މަރާމަތުކޮށް ބެލެހެއްޓުމާއި މިތަކެޗަށް މައްސަލައެއް ދިމާވޭތޯ ބެލުން.
  • އަލަށް ބަހައްޓާ އެއާރކަންޑިޝަން އަދި ކޫލަރުތައް ތަނަތަނުގައި ހަރުކޮށް ކަރަންޓް ވައިރުކޮށް ގުޅައި ހިންގުން.
  • އެއާރކަންޑިޝަންތައް ރަންގަޅަށް މަސައްކަތް ކުރޭތޯ އާއި ހާލަތު ޗެކަކުރުން.
  • ލީކް ޗެކްކުރުމާއި ސްޕެއަރ ޕާޓްސް ބަދަލު ކުރުން.
  • މަސައްކަތުގެ ފައިލާއި ރެކޯޑްސް ބަލަހައްޓައި ރިޕޯޓްތަށް ތައްޔާރުކޮށް ބޭނުންވާ ތަކެއްޗަށް ރިކްއެސްޓްކުރުން.
  • ހަރުގަނޑު ސްކެފޯލްޑް އަދި ފުރާޅުފަދަ ތަންތަނަށް އަރައި ކަރަންޓަށްގުޅައި ތަކެތި އިންސްޓޯލް ކުރުމާއި މަރާމާތު ކުރުމާއި އެފަދަ ތަކެއްޗަށް އަޅާފައިވާ ވައިރިން މަރާމާތުކުރުން.
  • ކޮންޑިއުޓް އެޅުމަށްޓަކައި ކޭސިން ކެންޑުމާއި މަސައްކަތުގެ ދާއިރާއިން އުފުލަންޖެހޭ ބަރުތަކެތި އުފުލުން ފަދަ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މަސައްކަތަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތް އަގުބަލައި ކުރެހުންތައް ތައްޔާރުކޮށް ހަވާލުކުރުން. އަދި އިޢުލާނުކޮށް، މަޢުލޫމާތުދީ، އެސްޓިމޭޓް ބަލައިގަނެ މަސައްކަތް ހަވާލުކުރަންޖެހޭ ހާލަތްތަކުގައި އެކަންކަން ކުރުން
  • ދިމާވާ އެމަޖެންސީ (ކަރަންޓް މައްސަލަ، ސްޕޮޓް، ފަލަޑް ލައިޓްލުން، އަލިފާނުގެ ހާދިސާއެއްހިނގުން، ވެހިކަލެއް ދުއްވުންފަދަ ) ހާލަތްތަކުގައި ފުރިހަމަޔަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ އެކިއެކި ކަންކަމާއި ގުޅިގެން މުވައްޒަފުން ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުން ދިނުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ސެޕްޓެންބަރު 11 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-247

 

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/MNU-2022-ADV

 

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ރެފްރިޖަރޭޝަން ޓެކްނީޝަންގެ ދާއިރާއިން ތަޖުރިބާ ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
04 ސެޕްޓެންބަރު 2022