ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2014/76
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 29 އޮކްޓޫބަރު 2014 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ 

މި ހޮސްޕިޓަލަށް ތިރީގައި މިދަންނަވާ ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަތުމަށް 02 އޮކްޓޫބަރު 2014ގައި ކޮށްފައިވާ ނަންބަރު IU/PR/2014/70-ފ137 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

#

Item Description

1

Microsoft Licenses

Microsoft System Configurations Manager for 10 Servers

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިހޮސްޕިޓަލުގެ ލެކްޗަރ ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

    ފޯނު: 3335399 / އީމެއިލް: [email protected]

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

1. ޚިިދުމަތް ދޭ ފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނަކަށްވުން. އަދި ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.

2. ޚިދުމަތް ދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއްގައި ސޮއިކޮށް ހުށަހެޅުން. މިފަދަ ލިޔުމެއް ނުދީހުއްޓާ އެކަން އެނގުން އެއީ އެފަރާތުގެ ބީލަން ބާޠިލު ކުރެވޭނެކަމެއް.

3. ހުށަހަޅާ އަގުތަކާއި މިތަނުން އަންދާޒާކުރާ އަގާ އަޅާބަލާއިރު، ހުށަހަޅާ އަގުތަކަކީ މަސައްކަތައް އެކަށީގެންވާ އަގުތަކެއް ކަމުގައިވުން.

4. އަގު ހުށަހަޅާއިރު މުޅި ޕްރޮޖެކްޓްގެ ޖުމްލަ އަދަދު އެނގެން އޮންނަންވާނެއެވެ.

  1. 5. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކާއި ފަސޭހައިން ގުޅޭނެ ފޯނުނަންބަރު، ފެކްސް ނަންބަރު، އީމެއިލް އެޑްރެސް ފަދަ ގުޅޭނެގޮތްތައް ބަޔާންކޮށް ހުށަހަޅާ ފަރާތުގެ ފުރިހަމަ އެޑްރެސް އެނގެން އޮންނަންވާނެއެވެ.

6. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ކަނޑައެޅިފައިވާ ގަޑީގައެވެ.

7. ހުށަހަޅާފައިވާ މަޢުލޫމާތުތަކުގައި ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެއްވާނަމަ، އެފަރާތުގެ ބީލަން ބާޠިލު ކުރެވޭނެ.

8. ހުށަހަޅާފައިވާ މަޢުލޫމާތުތަކުގައި ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެއްވާނަމަ، އެފަރާތުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 9. މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން. { 2014 ވަނަ އަހަރުގެ (ޖޫން އިން އޯގަސްޓް މަހުގެ ނިޔަލަށް) ތިންމަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ވޭތުވެދިޔަ އަހަރުގެ އޯޑިޓް ރިޕޯޓް ނުވަތަ އޮރިޖިނަލް ބޭންކް ރެފަރެންސް (ރިކޮމެންޑޭޝަން/ ސެޓިސްފެކްޓްރީ) ލެޓަރ }

10. މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ހިނގާފައިވާގޮތާއި މަސައްކަތުގެ ބޮޑުކުޑަމިން (ވޭތުވެދިޔަ އަށާރަ މަސްދުވަހު ކޮށްފައިވާ 3ފަރާތުގެ މަސައްކަތުގެ އަގާއި، ރެފަރެންސް ލެޓަރ)

11. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓު

12. ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ

  • ބިޑަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ބިޑް ކެންސަލްކުރުމުގެ އިޚުތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި ތިރީގައި މިދަންނަވާ އުސޫލުން މުޅި ޕްރޮޕޯޒަލް ދިރާސާ ކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑުތައް

ޕޮއިންޓް ބަހާލެވޭ ގޮތް

ޕޮއިންޓް ދެވޭގޮތް

 

35%

އަގު

1

5%

މާލީ ގޮތުން ޤާބިލުކަން ހުރި މިންވަރު

2

25%

ތަޖުރިބާ

3

35%

މުއްދަތު

4

 

 

 

 

29  ޛުލްޙިއްޖާ  1435

23 އޮކްޓޫބަރު 2014