ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2022/266
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:15
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރ.ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ނަންތައް ތަރުތީބުކުރުން

 

            ނަންބަރު: IUL)38-CA/38/2022/266)

އިޢުލާން

ރ.ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

2022 އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ރ.ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު: 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރަމެވެ.

 

E9

ރ.ރަސްމާދޫއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ލޯގޯ

 ކެންޑިޑޭޓް ނަންބަރު 1

ޞާބިރާ މުޙައްމަދު، ބްލާސަމްގެ، ރ.ރަސްމާދޫ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ހ.ހުރަފަ، ކ.މާލެ

 ކެންޑިޑޭޓް ނަންބަރު 2

މަރްޔަމް ލިޔޫސާ (ލިޔުޝާ)، މާއޮޅު، ރ.ރަސްމާދޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: މާއޮޅު، ރ.ރަސްމާދޫ

03 ސެޕްޓެންބަރު 2022