ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ހޮސްޕިޓަލަށް ތިރީގައި މިދަންނަވާ ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަތުމަށް 02 އޮކްޓޫބަރު 2014ގައި ކޮށްފައިވާ ނަންބަރު IU/PR/2014/69-ފ137 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
# |
Item Description |
1 |
Microsoft Licenses Microsoft Windows Server DataCentre Edition 2013 05 CAL Microsoft Exchange Server 2013 05 CAL Configuration of Microsoft Exchange Server 2013 and training for 05 staff on administering Exchange Server 2013 |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
ފޯނު: 3335399 / އީމެއިލް: [email protected]
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
1. ޚިިދުމަތް ދޭ ފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނަކަށްވުން. އަދި ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
2. ޚިދުމަތް ދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް މިތަނުގެ ވެރިޔަކާ އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއްގައި ސޮއިކޮށް ހުށަހެޅުން. މިފަދަ ލިޔުމެއް ނުދީހުއްޓާ އެކަން އެނގުން އެއީ އެފަރާތުގެ ބީލަން ބާޠިލު ކުރެވޭނެކަމެއް.
3. ހުށަހަޅާ އަގުތަކާއި މިތަނުން އަންދާޒާކުރާ އަގާ އަޅާބަލާއިރު ހުށަހަޅާ އަގުތަކަކީ މަސައްކަތަށް އެކަށީގެންވާ އަގުތަކެއް ކަމުގައިވުން.
4. އަގު ހުށަހަޅާއިރު މުޅި ޕްރޮޖެކްޓްގެ ޖުމްލަ އަދަދު އެނގެން އޮންނަންވާނެއެވެ.
5. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކާއި ފަސޭހައިން ގުޅޭނެ ފޯނުނަންބަރު، ފެކްސް ނަންބަރު، އީމެއިލް އެޑްރެސް ފަދަ ގުޅޭނެ ގޮތްތައް ބަޔާންކޮށް، ހުށަހަޅާ ފަރާތުގެ ފުރިހަމަ އެޑްރެސް އެނގެން އޮންނަންވާނެއެވެ.
6. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ކަނޑައެޅިފައިވާ ގަޑީގައެވެ.
7. ހުށަހަޅާފައިވާ މަޢުލޫމާތުތަކުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްވާނަމަ، އެފަރާތުގެ ބީލަން ބާޠިލު ކުރެވޭނެ.
- 8. ހުށަހަޅާފައިވާ މަޢުލޫމާތުތަކުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްވާނަމަ، އެފަރާތުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
9. މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން. (2014 ވަނަ އަހަރުގެ (ޖޫން އިން އޯގަސްޓް މަހުގެ ނިޔަލަށް) ތިންމަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ވޭތުވެދިޔަ އަހަރުގެ އޯޑިޓް ރިޕޯރޓް ނުވަތަ އޮރިޖިނަލް ބޭންކް ރެފަރެންސް (ރިކޮމެންޑޭޝަން/ ސެޓިސްފެކްޓްރީ )ލެޓަރ }
10. މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ހިނގާފައިވާ ގޮތާއި މަސައްކަތުގެ ބޮޑުކުޑަމިން (ވޭތުވެދިޔަ އަށާރަ މަސްދުވަހު ކޮށްފައިވާ 3ފަރާތުގެ މަސައްކަތުގެ އަގާއި، ރެފަރެންސް ލެޓަރ)
11. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
12. ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
- ބިޑަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ބިޑް ކެންސަލްކުރުމުގެ އިޚުތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.
މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި ތިރީގައި މިދަންނަވާ އުސޫލުން މުޅި ޕްރޮޕޯޒަލް ދިރާސާ ކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.
ޕޮއިންޓް ދެވޭނެ މިންގަނޑުތައް
ޕޮއިންޓް ބަހާލެވޭ ގޮތް |
ޕޮއިންޓް ދެވޭގޮތް |
|
35% |
އަގު |
1 |
5% |
މާލީ ގޮތުން ޤާބިލުކަން ހުރި މިންވަރު |
2 |
25% |
ތަޖުރިބާ |
3 |
35% |
މުއްދަތު |
4 |
29 ޛުލްޙިއްޖާ 1435