ކުއްޔަށް ހިފުން
ނަންބަރު: (IUL)471-CDS3/1/2022/94
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:16
ސުންގަޑި: 04 ސެޕްޓެންބަރު 2022 13:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ބެހެއްޓުމަށް ޕޯޓަބަލް އެއަރކޮންޑިޝަން ސިސްޓަމް ކުއްޔައްދޫކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި ބެހެއްޓުމަށް ޕޯޓަބަލް އެއަރކޮންޑިޝަން ސިސްޓަމް  ކުއްޔައްދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)471-CDS3/1/2022/90 (25 އޮގަސްޓް 2022) އިއުލާނާއެކު ހުށަހެޅިފައިވާ  މައުލުމާތު ޝީޓަށް މައުލޫމާތު އިތުރުވުމާއި ގުޅިގެން މައުލޫމާތު ޝީޓް އިސްލާހުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  04 ސެޕްޓެމްބަރ 2022 ވާ ޢާދީއްތަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން [email protected] އީމެއިލް ކޮށްދެއްވުން އެދެމެވެ.

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 04 ސެޕްޓެމްބަރ 2022 ވާ އަދީއްތަ  ދުވަހުގެ ހެނދުނު 13:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.

01 ސެޕްޓެންބަރު 2022