ދިވެހިރާއްޖެ
ޖެޓީ ޕޯސްޓް އޮފިސަރ
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް
ވަޒީފާއަދާކުރަންޖެހޭ ތަން: ތިލަފުށި
ތައުލީމީ ފެންވަރާއި ތަޖުރިބާ:
ގުރޭޑް8 ނިންމާފައިވުމާއި މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތިލަފުށީގެ ޖެޓީއާއި ހާބަރު ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ކުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• ތިލަފުށި ޖެޓީއާއި ހާބަރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފައިސާގެ ރަސީދު ހެދުން.
• ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ އަރުވާ ބާލައި އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފައިސާ ނެގުން.
• ޖެޓީއަށް ބަނދަރުކުރާ އުޅަނދުތަކާއި އަދި މުދާ އަރުވާ ބާލައި އުޅަނދުތައް މޮނީޓަރކޮށް ރެކޯޑް ކުރުން.
• ޖެޓީ ބޭނުންކުރުމުގެ ގަވާއިދުތައް ތަންފީޛުކޮށް ބެލެހެއްޓުން.
• ޖެޓީއާއި ހާބަރުގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• މައިކްރޮސޮފްޓް އޮފިސް ޕެކޭޖް އަދި މަސައްކަތާއި ގުޅުންހުރި އެފަދަ ސޮފްޓްވެއާތައް ބޭނުންކުރަން ދަންނަ ފަރާތަކަށްވުން.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
• 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން
މުސާރަ: 10،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: https://jobs.hdc.com.mv/
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.