މުބާރާތް
ނަންބަރު: (IUL)430-DBA-B/430/2022/16
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 15 ސެޕްޓެންބަރު 2022 13:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ކުރުވާހަކަ ލިޔުން، މަޒުމޫނު ލިޔުން، ޅެން ހެދުމުގެ ޤައުމީ މުބާރާތް 2022

 2022ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34ވަނަ ޤައުމީ މުބާރާތާއި މައުލާނާ ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 25ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

       (ހ) މި މުބާރާތްތައް ބެހިފައިވަނީ ތިރީގައި މި ވާ 4 ބަޔަށެވެ.

  1. އިސްކޫލުތަކުގެ ބައި

   - ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)

   - ސާނަވީ ގިންތި (ކީ ސްޓޭޖް 4)

   - މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

  1. މަތީ ތަޢުލީމުގެ ބައި ) ޔުނިވަރސިޓީ / ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ)
  2. އަމިއްލަފަރާތްތަކުގެ ބައި ( 18 އަހަރުން ދަށުގެ އުމުރުފުރާ/ 18 އަހަރުން މަތީގެ އުމުރުފުރާ)
  3. އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމުތަކުގެ ލިންކުތައް ތިރީގައި އެ ވަނީއެވެ.

އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް

https://forms.gle/j747JWPUudzbyKvC9

އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34ވަނަ ޤައުމީ މުބާރާތް

https://forms.gle/PXWsm1utYD8rFXRf9

މައުލާނާ ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 25ވަނަ ޤައުމީ މުބާރާތް

https://forms.gle/VdMDWwcYdTEnkSup8   

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ގޫގުލް ފޯމު ފުރިހަމަކުރުމަށް ފަހު 2022 ސެޕްޓެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުށައަޅަންވާނެއެވެ.

މި މުބާރާތްތައް އޮންނީ 2022 ސެޕްޓެންބަރު 24ވަނަ ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކަށް މުބާރާތްތައް ބޭއްވުމުގެ ކުރިން އަންގާނެއެވެ.

 މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  7986230ން ލިބޭނެއެވެ.

 

01 ސެޕްޓެންބަރު 2022