ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
(IUL)10-F/10/2022/142:ނަންބަރ
އިޢުލާން
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކާންދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުންގެންދާ ކްލައިންޓުންނަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކެއުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިނިސްޓްރީގެ
ނަންބަރ: IUL10-F/10/2022/131 (18 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ މިއިޢުލާން ބާތިލްކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ
ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީގެ [email protected]
އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަމްބަރާއި އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު
ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މިބީލަމާއި ގުޅޭ މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ[email protected]v
އީމެއިލްއަށް ފޮނުއްވާ މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.