މަސައްކަތް
ނަންބަރު: (IUL)364-B/364/2022/52
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 11 ސެޕްޓެންބަރު 2022 10:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލައް ހިނަވާގެ ވަށާފާރު ރާނާދޭނޭ ފަރާތެއް ހޯދުން

މުލަކަތޮޅު މުލަކު ހިނަވާގެ ވަށާފާރު ރާނާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ސެޕްޓެމްބަރ 02 ން 2022 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  • "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.gle/K3vhn3t5JKNoQzfs6

                  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެކުރިން [email protected] އީމެއިލް ކޮށްދެއްވުން އެދެމެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ޕްރީބިޑް މިޓީން 2022 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 10:00 ގައި މުލަކު ކައުންސިލުގެ ޖަލްސާ ކުރާމާލަމުގައި އޮނާނެއެވެ.

 

                  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ 10:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • މުލަކަތޮޅު މުލަކުކައުންސިލް އިދާރާ
  • މ. މުލައް
  • ފޯން:  7547498 / 6723722
  • އީމެއިލް: [email protected]

މި ޕްރޮޖެކްޓައި ގުޅިގެން ކުރިން ކުރެވިފައިވާ އިޢުލާން (IUL)364-B/364/2022/13  ކަނޑައެޅިފައިވާ ބެޖެޓަށް ވުރެ ބޮޑުކަމަށް ފެންނާތީ ބާތިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

01 ސެޕްޓެންބަރު 2022