ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ވ.ތިނަދޫގައި ތެލުގެ ވިޔަފާރިކުރުމަށް މިހާރު ކުއްޔަށްދޫކުރެވިފައިވާ ތެޔޮބިން، މިހާރު ތެޔޮވިއްކުމަށް ބޭނުންކުރަމުންދާ ޢިމާރާތާއިއެކު ކުއްޔަށްދޫކުރުމާއި، މިހާރު ތެޔޮވިއްކަމުންދާ ބިމުގެ ބަދަލުގައި، އައު ބިމެއް ފާހަގަކޮށް، މި ކައުންސިލުން ދޭ ޑިޒައިން އަދި ކުރެހުންތަކައި އެއްގޮތަށް، އައު ބިމުގައި ޒަމާނީ ތެޔޮޝެޑެއް ޢިމާރާތްކޮށްގެން ވ.ތިނަދޫގައި ތެލުގެ ވިޔަފާރިކުރުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުން
ވ.ތިނަދޫގައި ތެލުގެ ވިޔަފާރިކުރުމަށް މިކައުންސިލުން ކުއްޔަށްދޫކުރެވިފައިވާ ތެޔޮބިން، މިހާރު ތެޔޮވިއްކުމަށް ބޭނުންކުރަމުންދާ ޢިމާރާތާއިއެކު ކުއްޔަށްދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ. ނަމަވެސް މިހާރު ތެޔޮވިއްކަމުންދާ ބިމުގެ ބަދަލުގައި، ވ.ތިނަދޫ ބަނދަރުގެ ހުޅަނގު ބެޑުން އެހެން އައު ބިމެއް ފާހަގަކޮށް، މި ކައުންސިލުން ދޭ ޑިޒައިން އަދި ކުރެހުންތަކައި އެއްގޮތަށް، އައު ބިމުގައި ޒަމާނީ ތެޔޮޝެޑެއް (މިކައުންސިލުން ކުރެހުން ހަވާލުކުރާތާ 2 އަހަރު ތެރޭގައި) ބިޑް ކާމީޔާބުކުރައްވާ ފަރާތުން އިމާރާތްކުރަންޖެހެނޭއެވެ. އަދި ޚިދުމަތް ދިނުން އަލަށް ޢިމާރާތް ކުރެވޭ ޒަމާނީ ތެޔޮ ޝެޑަށް ޚިދުމަތް ބަދަލުވުމުން، މިހާރު ކުއްޔަށް ދޫކުރާބިން އުވާލެވޭނެއެވެ.
ކުއްޔަށް ދޫކުރެވޭ ބިމާއިބެހޭ މައުލޫމާތު ތިރީގައި އެވަނީއެވެ.
# |
ބިމާއިބެހޭ މައުލޫމާތު |
|
1 |
ބިން އޮތްތަން: |
ވ.ތިނަދޫ ބަނދަރުގެ ހުޅަނގު ބެޑު. |
2 |
ބިމުގެ ބޮޑުމިން: |
25ފޫޓް ފުޅާ 50 ފޫޓު ދިގު (1250 އަކަފޫޓު) |
3 |
ބިމުގެ އެންމެ ކުޑަކުލި : |
އަކަފޫޓަކަށް 2 (ދޭއް) ރުފިޔާ |
4 |
ކުއްޔަށް ދޫކުރާ މުއްދަތު: |
މީލާދީ ގޮތުން 20 (ވިހި) އަހަރު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ވ.ތިނަދޫ ކައުންސިލް އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
05 ސެޕްޓެމްބަރ 2022 |
13:00 |
ވ.ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ |
އަގު ހުށަހެޅުން |
12 ސެޕްޓެމްބަރ 2022 |
13:00 |
ވ.ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ |
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
ވ.ތިނަދޫ ކައުންސިލްގެ އިދާރާ، ވ.ތިނަދޫ ދިވެހިރާއްޖެ،
ފޯން: +960-6700604، އީމެއިލް: [email protected]