ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384-A/2022/82
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 12 ސެޕްޓެންބަރު 2022 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

              ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 01 ސެޕްޓެންބަރ 2022 ވީ ބުރާސްފަތި ދުވަހުން ފެށިގެން 12 ސެޕްޓެންބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.

              ޕޮއިންޓް ދީފައިވާގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ކޮޅުމަޑުލު މަޑިފުށީ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ޝަކުވާ ފޯމް ފޮނުވާނީ [email protected] އަށެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާ އެކު އެޓޭޗްކޮށް ގެޒެޓްކުރެވިފައި ވާނެއެވެ. އަނގަބަހުންނާއި ފޯނުމެދުވެރިކޮށް ހުށަހަޅާ ޝަކުވާ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

01 ސެޕްޓެންބަރު 2022