މަސައްކަތް
ނަންބަރު: L3-HC/2014/08
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 27 އޮކްޓޫބަރު 2014 11:00
ފ. ބިލެއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސިންގަލްފޭސްކަރަންޓް ތްރީފޭސްކަރަންޓަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން

މި މަރުކަޒަށް ލާފައިވާ ސިންގަލްފޭސްކަރަންޓް ތްރީފޭސްކަރަންޓަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، ހުށަހަޅާފަރާތުގެ ނަމާއި، ކޮން މަސައްކަތެއްގެ އަންދާސީހިސާބެއްކަން އެނގެން އޮންނަންވާނެއެވެ. އަދި މިވަގުތު ދުރުވާ ބޭފުޅުންގެ ހާޒިރުގައި އަންދާސީހިސާބުތައް ކެނޑުން އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

26 ޛުލްޙިއްޖާ 1435

20 އޮކްޓޫބަރު 2014