މަސައްކަތް
ނަންބަރު: I10C-A/2022/7
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 06 ސެޕްޓެންބަރު 2022 13:30
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި އަމިއްލަ ތަކެތީގައި ވެއިޓިންގ އޭރިޔާ ހެދުމުގެ މަސައްކަތް

      `

                        
އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓު

ދިވެހިރާއްޖެ

ނަންބަރ: I10C-A/2022/7 

 އިޢުލާން

                އދ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި އަމިއްލަ ތަކެތީގައި ވެއިޓިންގ އޭރިޔާ ހެދުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ، މިމަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް  މިކޯޓަށް ނުވަތަ އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން adh.dhidhdhoo@judiciary.gov.mv އަށް މެއިލް ކުރަންވާނެއެވެ. މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 07  ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:30 ގައި އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ޕްރީ-ބިޑް މީޓިންގ އަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ އައި.ޑީކާޑު ކޮޕީ އާއެކު ނަމާއި އެޑްރެސް އެނގޭގޮތަށް، ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައިވެސް ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.

               އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މިކޯޓާއި އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި  19 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 13:30 ގައި ބާއްވާ ބައްދަލުވުމުގައެވެ.

               ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، ޕްރީ-ބިޑް މީޓިންގ އަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6680026 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

04 ޞަފަރު 1444

1 ސެޕްޓެމްބަރ 2022

05 ޞަފަރު 1444

01 ސެޕްޓެންބަރު 2022