ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ވެހިކަލްތަކެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ބޭނުން ކުރަމުން އަންނަ މިކުންފުނީގެ ތިރީގައި ބަޔާންކުރެވިފައިވާ ވެހިކަލްތައް، މި ކުންފުނިންދޭ އިރުޝާދުތަކާ އެއްގޮތަށް އަމިއްލަތަކެތީގައި މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ޓިންކަރިން، ކުލަލުން، ފައިބަރު ކޯޯޓިން، އާބާތުރަފިލުވައި މަރާމާތުކުރުން، ފްލޯރިން، ފެބްރިކޭޓު ކުރުން އަދި އިތުރުބަދަލުތައް ގެނައުންފަދަ މަސައްކަތްތައް ހިމެނެއެވެ.
އަދަދު |
ވެހިކަލްތަކުގެ ތަފްސީލް |
2 |
Ambu-lift (model: DT-5003, manufacturer: TLD) |
1 |
Ambu-lift (model: CHTP-GM-508, manufacturer: TLD) |
18 |
Aircraft Stairs (model: ABS 580, manufacturer: TLD) |
11 |
Conveyor Belt (model: NBL, manufacturer: TLD) |
7 |
Passenger Bus (model: Aerobus 6300, manufacturer: ZINFA/CIMC) |
5 |
Passenger Bus (model: ABUS 4270, manufacturer: ZINFA/CIMC) |
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aeroއަށެވެ.