ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2022/45
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 30 އޮކްޓޫބަރު 2022 00:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢާއި ބެހޭ

އިޢުލާން

                       

  ލ.ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢާއި ބެހޭ  

           

            ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށައަޅަން ޖެހެއެވެ.

           އެގޮތުން ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ނަރުދަމާގެ ނިޒާމް ގުޅައިދިނުމަށް ހަމަޖެހިފައިވަނީ ގަވައިދު ނަމްބަރު 2022/R-90 "މީހުން ދިރިއުޅޭ ރައްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރުއު ތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު"  އާއި އެއްގޮތަށެވެ. މި އިޢުލާން އާއި އެކު  މަތީގައި ބަޔާންކުރެވިފައިވާ ޤަވައިދު އެއް ހީރަސް ކުރެވިފައި ވާނެއެވެ. ފޯމް ހުށައަޅާ ފަރާތްތަކުން ޤަވައިދު ރަގަޅަށް ކިޔުމަށްފަހު ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

           މި ޤަވައިދާ އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު 01 ސެޕްޓެމްބަރު 2022 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން 30 އޮކްޓޫބަރު 2022 ވަނަ ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތު އޮތްކަމުގައި ދަންނަވަމެވެ.

           ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ރަށުން ގޯތި ދޫކުރެވިފައިވާ ހުރިހާ މަގުތަކެއްގައި ހުރި އަމިއްލަ މީހުންގެ ރުއްގަސް ނަގަން ބޭނުންވެއެވެ. އެހެންކަމުން ރަށުގެ އެކި ހިސާބުތަކުން ގޯތި ދީފައިވާ ސަރަހައްދުތަކުގައި ހުރި އެފަރާތެއްގެ ރުއްގަސް މިއަދުން ފެށިގެން(20 ސެޕްޓެމްބަރު 2022ގެ ނިޔަލަށް)  20 ދުވަހުގެ ތެރޭގައި ނެގުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަގައި ހުރި ރުއްގަސްތަށް ކައުންސިލުން ކަޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

           ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރުމަށް ދަންނަވަމެވެ. އަދި ގަވައިދު ނަމްބަރު  2022/R-90ކިޔައި އެގޮތަށް ފޯމު ހުށައެޅުމަށް ދަންނަވަމެވެ.

31 އޮގަސްޓް 2022