ދިވެހިރާއްޖެ
"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ނަމުގައި 21 އޮކްޓޯބަރ 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް 03 ނޮވެމްބަރ 2022 އަށް ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. ނަމެވެސް މުބާރާތުގައި ބައިވެރިވުމާއި ޓީމް ލިސްޓް ހުށަހަޅަންޖެހޭ ތާރީޙަށް އެއްވެސް ބަދަލެއްގެނެވިފައި ނުވާވާހަކަ ދަންނަވަމެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޙް: |
11 ސެޕްޓެމްބަރ 2022 ، 14:00ގެ ނިޔަލަށް |
ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޙް: |
17 ސެޕްޓެމްބަރ 2022 ، 14:00ގެ ނިޔަލަށް |
މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޙް: |
03 ނޮވެމްބަރު 2022 |
އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް: |
[email protected] އަށް އީމެއިލް ކުރެއްވުން (ފޯމާއެކު ހުރިހާ ލިޔެކިޔުންތަކެއް އެއްފައިލްގައި ޕީޑީއެފް ކޮއްފައި) |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: |
ނަންބަރ 9183128،9997157 ފޯނާއި ގުޅުއްވުން އެދެން |
. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
04 ޞަފަރު 1444ހ
31 އޮގަސްޓް 2022މ