ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ "ބޭސްލައިން ސްޓަޑީ" ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL)30-G/1/2014/106)ފ(06 އޮކްޓޫބަރު 2014) އަށް އެކަށީގެންވާ އަދަދަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތާ ގުޅޭ ޑޮކިއުމަންޓް "ރިކުއެސްޓް ފޯ ޕްރޮޕޯޒަލް އެންޑް ޓާރމްސް އޮފް ރިފަރެންސް ފޯ ބޭސްލައިން ސްޓަޑީ" މިމިނިސްޓްރީގެ ނަންބަރު 3341836 ފޯނާ ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ހޯއްދެވުމަށް އެދެމެވެ. މިޑޮކިއުމެންޓުގައިވާ ގޮތުގެ މަތިން ބޭސްލައިން ސްޓަޑީ ހެދުމުގެ ޕްރޮޕޯޒަލް ތައްޔާރުކުރައްވައި، މެރިން ރިސަރޗް ސެންޓަރ (ހ.ވައިޓްވޭވްސް)ގައި ހުންނަ މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00އެވެ.
25 ޛުލްޙިއްޖާ 1435