ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FE/2022/04
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 04 ސެޕްޓެންބަރު 2022 14:00
ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ


ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

 ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ފުލްޓައިމްކޮށް ހިންގާ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

 މާއްދާ:

 އިސްލާމިކް ރިވީލްޑް ނޮލެޖް (ISL027)

 މަސައްކަތް އޮންނަ ރަށް:

   ހިތަދޫ ކެމްޕަސް / ސ.ހިތަދޫ

 މާއްދާ:

 މެތަމެޓިކްސް (MAT041)

 މަސައްކަތް އޮންނަ ރަށް:

    ތިނަދޫ ކެމްޕަސް / ގދ.ތިނަދޫ

 އުޖޫރަ:

ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް  މާރކްކުރާކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުންއުޖޫރަ ދެވޭނެއެވެ.

 ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

 ސިޓީއާއެކު ހުށަހަޅަންޖެހޭ

 ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 ސުންގަޑި: 2022 ސެޕްޓެމްބަރ 04 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލިޔުންތައް ފޮނުއްވާނީ [email protected]އަށެވެ.

31 އޮގަސްޓް 2022