މަސައްކަތް
ނަންބަރު: (IUL)459-A/1/2014/1009
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 28 އޮކްޓޫބަރު 2014 11:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
އިޖުތިމާޢީ ޚިދުމަތްތެރިންނާބެހޭ ޤާނޫނީ އޮނިގަނޑެއް ޑްރާފްޓް ކުރުމަށް

މި މިނިސްޓްރީއަށް ދިވެހިރާއްޖޭގައި އިޖުތިމާޢީ ޚިދުމަތްތެރިންނާބެހޭ ޤާނޫނީ އޮނިގަނޑެއް ޑްރާފްޓް ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014