ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2022/057
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 20:06
ސުންގަޑި: 07 ސެޕްޓެންބަރު 2022 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެމެޑް ކްލާސްރޫމްތަކަށް ބޭނުންވާ ވީޑިއޯ ކޮންފަރެންސް ސިސްޓަމްތަކެއް ގަތުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ގާއިމްކޮށްފައިވާ އެމެޑް ކްލާސްރޫމްތަކަށް ބޭނުންވާ ވީޑިއޯ ކޮންފަރެންސް ސިސްޓަމްތަކެއް ގަތުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ. ގަތުމަށް ބޭނުންވާ އައިޓަމްތައް ވާނީ ކެޓެގަރައިޒްކޮށްފައެވެ. އަގު ހުށަހަޅާނީ ކޮންމެ ކެޓެގަރީ ވަކިން، ކެޓެގަރީއަަކަށް ޖެހޭ ޖުމްލަ އަގެވެ. މިހެންކަމުން ކެޓެގަރީގެ ޖުމްލަ އަގު ވަކިން އެނގޭނެހެން ކޯޓޭޝަންގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.
  3. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބީލަމާއެކު 1000.00 (އެއްހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 7 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހު 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  6. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  7. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް:

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345148، 3345111، 3345123

އީ-މެއިލް: [email protected]

 

 

 

 

30 އޮގަސްޓް 2022