ކުއްޔަށް ހިފުން
ނަންބަރު: (IUL)38-AD/38/2022/256
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 11 ސެޕްޓެންބަރު 2022 11:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުން

 

 (IUL)38-AD/38/2022/256 :ނަންބަރު

 

 

އިޢުލާނު

އޮފީސް އިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުން

އޮފީސް އިމާރާތެއް ކުއްޔަށް ހޯދުމަށް 2022 ޖޫން 23 ވީ ބުރާސްފަތި ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/190 އިޢުލާނާއި ގުޅިގެން ކުއްޔަށް ދިނުމަށް ހުށަހަޅާފައިވާ އިމާރާތްތައް ކޮމިޝަނުގެ ރިކުއަރމަންޓަށް ނުފެތޭތީ  ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކޮށް، ކޮމިޝަން ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖެއްސުމަށް، 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޭނެ އިމާރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 ސެޕްޓެންބަރު 11 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 ސެޕްޓެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު
ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

 

03 ޞަފަރު 1444

30 އޯގަސްޓް 2022

30 އޮގަސްޓް 2022