ދިވެހިރާއްޖެ
ކައުންސިލުން ދައްކާ ތަންތަނުގައި ހުރި ރުއްގަސް ވިއްކާލުމަށް މި އިދާރާއިން ބޭނުންވެއެވެ. ރުއްގަސް ގަންނަ ފަރާތުން މި ތަކެތި ބުޑާއިއެކު ނަގައި ބިންސާފުކޮށް، ބިންގަނޑު އެއްވަރުކުރުމަށްފަހު ކައުންސިލަށް ދައްކަންވާނެއެވެ. ބިންސާފުކުރުމުގައި އުފެދޭކުނި އުކާލުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ކައުންސިލުން ހަމަޖައްސާ ތަނަކަށެވެ. ރުއްގަސް ގަންނަ ފަރާތުން މިތަކެތި ރަށުން ބޭރުކުރުމަށް ބޭނުންފުޅުވާނަމަ އެކަމާއި ގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހުއްދަތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުމުގައި މިކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ދަންނަވެމެވެ.
ރުއްގަސް ހުރި ސަރަޙައްދުތައް:
- އަޅިވިލާ މަގަށް އަރާ ރުއްގަސް – 36 ރުއް، 8 ގަސް
- އަލަށް ގެވަޅު ދޫކުރެވުނު ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަސް – 26 ރުއް، 5 ގަސް
- ދަނޑުމަތި މަގަށް އަރާ 10 ބަނބުކެޔޮ ގަސް
- އެދުރުބެ ހިނގުން – 10 ރުއް، 2 ގަސް
- ދެކުނުމަގު – 45 ރުއް، 20 ގަސް
- ކޯލިމަގު – 50 ރުއް، 10 ގަސް
ޕޮއިންޓް ދެވޭނެ އުސޫލް:
ހުށައަޅާ އަގު |
މުއްދަތު |
70% |
30% |
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއި ހުށަހަޅަން އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00ގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާއި ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް:[email protected]