ބީލަން
ނަންބަރު: (IUL)HS-BDG/HS/2022/92
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 01 ސެޕްޓެންބަރު 2022 11:00
ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ހިރިޔާ ސްކޫލުގެ ކެންޓިން ހިންގާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ބޭނުންވެއް

 

ހިރިޔާ ސްކޫލުގެ ކެންޓިން ހިންގާނެ ފަރާތެއް ހޯދަން ކުރި އިޢުލާން  (ނަންބަރު: (IUL)HS-BDG/HS/2022/88 އާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތުގެ ޝަރުތު ހަމަ ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި  ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

 

މި މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  01 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00  ގައި ހިރިޔާ ސްކޫލުގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގައި ހިރިޔާ ސްކޫލުގައެވެ. 

އަންދާސީ ހިސާބު ހަށަހެޅޭނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ  ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. ބީލަން ފޮތް (މަޢުލޫމާތު ޝީޓް/ ޖަދުވަލް)  މި އިޢުލާނާއި އެޓޭޗް ކުރެވިފައި އެވަނީއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

30 އޮގަސްޓް 2022