ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2022/48
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 06 ސެޕްޓެންބަރު 2022 13:30
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށު މުޝްތަރީ ހިނގުމާއި، މޫންލައިޓް މަގާއި ހަންޑިދުއްމަގާއި، ފުޓްބޯޅަ ދަނޑުގެ ބޭރުން ހުޅަނގަށް އޮތް މަގާއި، އަލަށް ދޫކޮށްފައިވާ ގޯތި ތަކުގެ ބޭރުން ހުޅަގަށް އޮތް މަގުގައި ހުރި ނޫ ދަވާދުން ނަންބަރު ޖަހާފައިވާ 165 ރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ރުއްތަކުގެ ވެރިފަރާތްތަކުން 06 ސެޕްޓެމްބަރ ވާ އަންގާރަ ދުވަހުގެ 13:30 ގެކުރިން މި އިދާރާއަށް ސިޓީއަކުން އެންގެވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ވެރިފަރާތް ނާންގާ ހުންނަ ރުއްތަކާމެދު މި ކައުންސިލުން ކަނޑައަޅާފައިވާ ގޮތަށް ޢަމަލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2022