ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2022/47
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 06 ސެޕްޓެންބަރު 2022 13:30
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކޮށްފައިވާ ގޯތިތަކުގެ ވަށައިގެންވާ މަގު ގައި ހުރި ރުއްތަށް ވިއްކާލުމާގުޅޭ

އަލަށް ދޫކޮށްފައިވާ ގޯތިތަކުގެ ވަށައިގެންވާ މަގު ގައި ހުރި ރުއްތަށް ވިއްކާލުމާގުޅޭ

             

 ކިނބިދޫގައި އަލަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުތަކަށް އަރައިފައިވާ 70 ރުއް އެންމެ ރަނގަޅު ޕްރަޕޯސަލެއް ހުށަހަޅުއްވާ ފަރާތަކަށް ވިއްކާލުމަށް ބޭނުންވެއެވެ. އެގޮތުން ރުއްތަކަށް ބަދަލު ދިނުމާއި އެކު ރުއްތައް ގަންނަ ފަރާތުން ރުއްތަށް ބުޑާއެކު ނަގާ ބިން އެއްވަރުކޮށް މަގު ބޭނުން ކުރެވޭ ފެންވަރަށް ސާފުކުރަންވާނެއެވެ. އަދި ބިން ސާފުކުމަށްފަހު ނެގޭ ކުނިތައް ކައުންސިލުން ކަނޑައަޅާ ތަނަކަށް އުކާލަން ވާނެއެވެ.

 ރުއްގަސް ގަންނަ ފަރާތުން ރުއްގަސް ހުރިގޮތަށް ރަށުން ބޭރުކުރުމަށް ބޭނުންފުޅު ވާނަމަ އެކަމާގުޅިގެން ނަގަންޖެހޭ އެންމެހައި ހުއްދަތަށް ނެގުމަކީ އެފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ހުއްދަތައް ނަގަން ކުރަންޖެހޭ އެންމެހައި މަސައްކަތުގައި މިކައުންސިލުގެ އެހީތެރިކަމާ އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަމެވެ.

 މިކަމަށްއެދި ޕްރަޕޯސަލް ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 06 ސެޕްޓެމްބަރ 2022 ދުވަހުގެ 13:30 އެވެ.

ޕޮއިންޓް ދިނުމުގައި ބެލެވޭނެ އިތުރު ކަންކަން:

1-       އިޖްތިމާޢީ ގޮތުން ރަށުގައި ކުރަންވެފައިހުރި ބައެއް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދޭނެ މިންވަރު %20

2-       މަސައްކަތް ފުރިހަމަ ކުރެވޭނޭ މުއްދަތު

3-      މަސައްކަތުގައި ބޭނުންކުރާނެ މެޝިނަރީޒް

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 އޮގަސްޓް 2022