ދެންނެވުން
ނަންބަރު: (IUL)415/415/2022/127
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:22
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި މަގުމަށްޗަށް ފެންފަހިވާގޮތަށް ހުރި ފުރާޅުތައް އިސްލާޙު ކުރުމަށް އެންގުން

އިޢުލާން

ގދ. ތިނަދޫގައި މަގުމަށްޗަށް ފެންފަހިވާގޮތަށް ހުރި ފުރާޅުތައް އިސްލާޙު ކުރުމަށް އެންގުން

ގދ. ތިނަދޫގައި  މަގުމަށްޗަށް ފެންފަހިވާ ގޮތަށް ހަދާފައިވާ ފުރާޅުތަކުގެ ދިޔަދޮވި ނުލައި އަދި  ޢާއްމުންނަށް އުދަގޫ ވާގޮތަށް ހުރި ފުރާޅުތައް  މިއަދު 23 އޯގަސްޓް 2022 އިން ފެށިގެން 07 ދުވަސްތެރޭގައި އިސްލާޙު ކޮށްދެއްވުން އެދެމެވެ.

މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި މި  ކަންތައް އިސްލާޙު ނުކުރާ ފަރާތްތަކާއިމެދު މިއިދާރާއިން ޢިޢުލާންކޮށްފައިވާ ޤަވާޢިދު ނަމްބަރ 2014/R-206   ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު ގެ 6 ވަނަ މާއްދާގެ ދަށުން  ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

25 އޮގަސްޓް 2022