ދެންނެވުން
ނަންބަރު: (IUL)415/415/2022/128
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:20
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި މަގުމަށްޗަށްވާގޮތަށް ހުރި ގަހުގެ ގޮފިތަކާއި ރުކުގެ ފަންތަށް ކެނޑުމަށް އެންގުން
އިޢުލާން
ގދ. ތިނަދޫގައި މަގުމަށްޗަށްވާގޮތަށް ހުރި ގަހުގެ ގޮފިތަކާއި ރުކުގެ ފަންތަށް ކެނޑުމަށް އެންގުން
ގދ. ތިނަދޫގައި މަގުމަށްޗަށްވާ ގޮތަށް ހުރި ގަހުގެ ގޮފިތަކާއި ރުއްތަކުގެ ފަންތަކުގެ ތެރެއިން މަގުމަތިން 15 ފޫޓް ތިރިއަށް ވާގޮތަށް ހުރި ފަންތަކާއި ގޮފިތައް މިއަދު 25 އޯގަސްޓް 2022 އިން ފެށިގެން 07 ދުވަސްތެރޭގައި ކަނޑައި ދެއްވުން އެދެމެވެ.
މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި މި ކަންތައް އިސްލާޙު ނުކުރާ ފަރާތްތަކާއިމެދު މިއިދާރާއިން ޢިޢުލާންކޮށްފައިވާ ޤަވާޢިދު ނަމްބަރ 2014/R-207 ޢާއްމު އުދަގުލާއި ބެހޭ ބެހޭ ގަވާއިދު ގެ 15 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.
25 އޮގަސްޓް 2022