ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން އިޖުތިމާޢީ ސަރަޙައްދުތަކާއި ކުޅިވަރުކުޅޭ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާން ކުރީމެވެ.
|
މަޤާމު: |
މުނިސިޕަލް ވޯކާރސް |
އޮފީސް: |
ށ. ކަނޑިތީމު ކައުންސިލް އިދާރާ |
އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/36 ރުފިޔާ |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ކުޅިވަރު ޕާކް / ރަސްމީ ފުޓްބޯޅަ ދަނޑު |
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ހަފްތާއަކު 6 ދުވަހު، ދުވާލަކު 5 ގަޑިއިރު |
ވަޒީފާގެ މުއްދަތު: |
ވަގުތީ (05 ފެބްރުއަރީ 2023ގެ ނިޔަލަށް) |
ވަޒީފާގެ ބާވަތް: |
ވޭޖް އެމްޕްލޯއީމަންޓް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1- ސްޕޯރޓްސް އެރީނާގެ ކުޅިވަރުތަކަށް ޙާއްސަ ކުރެވިފައިވާ ކުރިވަރު ޕާކްގެ ކޯޓްތަކާއި ބިމުގެ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. 2- ރަސްމީ ފުޓްބޯޅަ ދަނޑާއި ދަނޑުގެ ވަށައިގެން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. 3- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާރކްތައް، ކައުންސިލުން ކަނޑައަޅާ ގޮތަކަށް ސާފުކޮށް ބެލެހެއްޓުން. 4- މިތަންތަނުގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ ތަންތަން ކަނޑައަޅާ ގޮތަކަށް ސާފުކޮށް ބެލެހެއްޓުން. 5- އަދި މިނޫންވެސް ކައުންސިލުން ކުރުމަށް ނިންމާ މަސައްކަތެއް ނުވަތަ ދިނުމަށް ނިންމާ ޚިދުމަތެއް ދިނުމުގައި ކައުންސިލުން ކަނޑަޅައިފައިވާ އުޞޫލުން އަމަލުކުރުން. |
މަޤާމުގެ ޝަރުތު: |
1- ލިޔަންކިޔަން އެނގުން 2- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއިއެކު ކަނޑައެޅިފައިވާ ގަޑީގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. |
|
މަޤާމު: |
ސޯޝަލް ވޯކާރސް |
އޮފީސް: |
ށ. ކަނޑިތީމު ކައުންސިލް އިދާރާ |
އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 40 ރުފިޔާ |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
އިޖުތިމާޢީ ސަރަޙައްދުތައް |
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ހަފްތާއަކު 6 ދުވަހު، ދުވާލަކު 2 ގަޑިއިރު |
ވަޒީފާގެ މުއްދަތު: |
ވަގުތީ (05 ފެބްރުއަރީ 2023ގެ ނިޔަލަށް) |
ވަޒީފާގެ ބާވަތް: |
ވޭޖް އެމްޕްލޯއީމަންޓް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1- އިޖްތިމާއީ ސަރަޙައްދު ކަމުގައި މިއިދާރާއިން ކަނޑައަޅާ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. 2- ރައްޔިތުންގެ ޢިމާރާތްތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން. 3- އަދި މިނޫންވެސް ކައުންސިލުން ކުރުމަށް ނިންމާ މަސައްކަތެއް ނުވަތަ ދިނުމަށް ނިންމާ ޚިދުމަތެއް ދިނުމުގައި ކައުންސިލުން ކަނޑަޅައިފައިވާ އުޞޫލުން އަމަލުކުރުން. |
މަޤާމުގެ ޝަރުތު: |
1- ލިޔަންކިޔަން އެނގުން 2- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއިއެކު ކަނޑައެޅިފައިވާ ގަޑީގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. |
މަސައްކަތްކުރަން ރޭވިފައިވާގޮތް: |
މިމަސައްކަތްތައް ކުރަންޖެހޭނީ ހަފްތާގެ ދުވަސްތަކަށް ބަހާލެވިގެން މިއިދާރާއިން އެކުލަވާލާ މަސައްކަތު ތާވަލާއެއްގޮތަށެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގެ ކުނި މެނޭޖުކުރުން، ޤަބުރުސްތާނު، އިޖްތިމާޢީ ސަރަޙައްދުތައް އަދި ކުޅިވަރުކުޅޭ ތަންތަން ކުނިކަހާ ސާފުކޮށް ބަލަހައްޓާ މުވައްޒަފުން ނެގުމުގެ އުޞޫލުގައިވާ މުވައްޒަފުން ނެގުމުގައި ބަލާނެ މިންގަނޑަށެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ސެޕްޓެމްބަރ 2022ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށައަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.) |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 11 ސެޕްޓެމްބަރ 2022 އާއި 15 ސެޕްޓެމްބަރ 2022އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާގައެވެ. |
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ޢާއްމުކުރުން: |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި އިދާރާގައި ޢާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ށ. ކަނޑިތީމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެވެ.)
2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540041 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected] އަށެވެ. |
02 ޞަފަރު 1444
29 އޮގަސްޓް 2022