ދިވެހިރާއްޖެ
އިޢުލާން
ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުން
2023 ވަނަ އަހަރު މިޑިޕާޓްމަންޓުން ހިންގާ އެކިއެކި އިމްތިޙާން ތަކުގެ ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 2022 ސެޕްޓެމްބަރ 12 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިޑިޕާޓްމަންޓް ހިނގަމުންދާ، ހ. އަސްރަފީވިލާ ގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ.
ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކުރުމަށް އެދޭ އެޕްލިކޭޝަން ފޯމް، މިޑިޕާޓްމަންޓުން ލިބޭނެއެވެ. އަދި www.dpe.edu.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިޑިޕާޓްމަންޓުގެ ފޯނު ނަމްބަރު 4003999 އަށް ގުޅުން އެދެމެވެ.
03 ޞަފަރު 1444