ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2014/158
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 27 އޮކްޓޫބަރު 2014 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

މި ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

#

މަޤާމު

 

ޝަރުޠު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

1

އެސިސްޓެންޓް ސުޕަވައިޒަރ

05

  • ކޮންސްޓްރަކްޝަން ދާއިރާގައި 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  
  • ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ. އިން

5690.00ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓު ތައްޔާރު ކުރުން. އަދި މިކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

2

އެސިސްޓެންޓް ސައިޓް އޮފިސަރ

22

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ ޖީ.ސީ.އީ އޯލެވެލް
  • މިފަދަ ދާއިރާއަކުން 1-3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ. އިން

5050.00 ރ.

ސައިޓުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.

3

ޑްރެޖް މެކޭނިކް

03

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓުފިކެޓު އިން ހައިޑްރޯލިކް އިންޖިނިއަރިންގ.
  • ހައިޑްރޯލިކް އިންޖީނު މަރާމާތު ކުރުމުގެ ތަޖުރިބާ ލިބިފައިވުން

ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން.

ޑްރެޖަރުގެ މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގައި، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ކުރުން.

4

ޑްރެޖް އޮޕަރޭޓަރ

01

  • ޑްރެޖް އޮޕަރޭޓް ކުރުމުގެ ތަޖުރިބާ

 

4400.00ރ. އިން

5370.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑްރެޖަރ އޮޕަރޭޓް ކުރުމާއި އަދި ޓްރާސްޕޯރޓްގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

5

ޑްރެޖް ކްރޫ

08

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަންދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައިވުން.

3850.00 ރުފިޔާ

ޑްރެޖަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަން ދިނުން މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި ޑްރެޖަރ ސާފުކޮށް ބެލެހެއްޓުން.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖަމަންޓް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި.

އެހެނިހެން އެލަވަންސް/ޢިނާޔަތް:  އެޑިޔުކޭޝަނަލް /ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެއުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް (މަޤާމުތަކަށް ކަނޑައެޅިފައިވާ)

އެހެނިހެން:

މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 

ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014