ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-CS/199/2014/27
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 30 އޮކްޓޫބަރު 2014 14:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މޮނިޓަރިންގ އޮފިސަރ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މޮނިޓަރިންގ އޮފިސަރ  

ބޭނުންވާ އަދަދު

10

މަޤާމުގެ ކްލެސިފިކޭޝަން: މޮނިޓަރިންގ އޮފިސަރ  

ރޭންކް: GS3

މުސާރަ

ދުވާލަކަށް -/150 ރުފިޔާ

ކޮއްތު އެލަވަންސް

ދުވާލަކަށް -/50 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޕްރޮގްރާމް ސެކްޝަން

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

03 މަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީއިން އިތުރަށް ބޭނުންވާނަމަ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު

ހެނދުނު 8:00 ން ހަވީރު 5:00 އަށް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިއެޖެންސީއިން ހިންގާ އެހީގެ ޕްރޮގުރާމުތަކުގެ ބައިވެރިންގެ ޙާލަތު މޮނިޓަރ ކުރުމާއި އަލަށް ޕްރޮގުރާމުގައި ބައިވެރިވާން އެދިފައިވާ މީހުންގެ ޙާލަތު ވަޒަންކުރުން.
  2. މޮނިޓަރިންގ ރިޕޯޓު ތައްޔާރު ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި (އަމީނީ މަގު)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3005352 އެވެ.

16 އޮކްޓޫބަރު 2014