ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
| 
 މަޤާމު:  | 
 ސީނިއަރ އޮފިސަރ، ޓެކްސްޕޭޔަރ އެޑިޔުކޭޝަން އެންޑް ފެސިލިޓޭޝަން (ލެވެލް 1)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް / ޔުނިޓް:  | 
 ޓެކްސްޕޭޔަރ އެޑިޔުކޭޝަން އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް / ޓެކްސްޕޭޔަރ އެޑިޔުކޭޝަން އެންޑް ފެސިލިޓޭޝަން ޔުނިޓް  | 
| 
 އަސާސީ މުސާރަ:  | 
 ސީނިއަރ އޮފިސަރ: -/7,000 ރުފިޔާ  | 
| 
 އިތުރު އިނާޔަތްތައް:  | 
 ލިވިންގ އެލަވަންސް: -/2,500 ރުފިޔާ ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން  | 
| 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ޢާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމަށް ސެމިނަރތަކާއި، ތަމްރީނު ޕްރޮގުރާމުތައް ރޭވުމުގައި އެހީތެރިވުން - ޓްރޭނިންގތަކަށް އަދި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް، އިންފޮރމޭޝަން ބުކްލެޓް، މެނުއަލް، ގައިޑް ފަދަ ލިޔެކިޔުންތައް ތައްޔާރު ކުރުން - ޓްރޭނިންގ ސެންޓަރުން ހިންގާ ޓްރޭނިންގތަކުގެ ޝެޑިއުލް ތައްޔާރުކޮށް ބެލެހެއްޓުން - ޓެކުހާބެހޭ މަޢުލޫމާތު ހޯދުމަށް އޮތޯރިޓީއަށް ލިބޭ އީމެއިލްތަކަށް ޖަވާބުދިނުން  | 
| 
 ޝަރުޠު: - އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.  | 
|
| 
 މަޤާމު:  | 
 އެސިސްޓަންޓް އޮފިސަރ، ރިޓަރން ޕްރޮސެސިންގ (ލެވެލް 1)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް / ޔުނިޓް:  | 
 ރިޓަރން އެންޑް ޕޭމަންޓް ޕްރޮސެސިންގ ޑިޕާޓްމަންޓް / ރިޓަރން ޕްރޮސެސިންގ ޔުނިޓް  | 
| 
 އަސާސީ މުސާރަ:  | 
 -/4,000 ރުފިޔާ  | 
| 
 އިތުރު އިނާޔަތްތައް:  | 
 ލިވިންގ އެލަވަންސް: -/2,000 ރުފިޔާ ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން  | 
| 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ޓެކްސް ރިޓަރންތައް ޗެކުކޮށް ސިސްޓަމަށް އެޅުން - ފުރިހަމަ ނޫން ޓެކްސް ބަޔާންތައް ފާހަގަކޮށް، ބަޔާންތައް ފުރިހަމަ ކުރުމަށް އެންގުން - ރިޓަރން ހުށަނާޅާ ފަރާތްތަކަށް ޓެކްސް ރިޓަރން ހުށަހެޅުމަށް އެންގުމާއި ކަމާގުޅޭ މަސައްކަތްތައް ކުރުން  | 
| 
 ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)  | 
|
އެހެނިހެން ޝަރުޠުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 - ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 - ސަރުކާރު ޙިއްޞާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 - އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
 - ވަޒީފާއަށް ކުރިމަތިލާ މީހާ އާއި މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
 - ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.
 
މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
 - ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
 - ކަރިކިއުލަމް ވިޓާ (ސީވީ).
 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)).
 
ނޯޓް:
- މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާ ގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެމަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 އޮކްޓޫބަރު 2014 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415، ފެކްސް: 3316577
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
25 ޛުލްޙިއްޖާ 1435