ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2014/157
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 22 އޮކްޓޫބަރު 2014 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

     މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: އެކައުންޓަންޓް

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީމުސާރަ:  6600.00ރ - 8470.00ރ.

ސާރވިސް އެލަވަންސް: 2000.00ރ.

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަން އެލަވަންސް/ ސަރވިސް އެލަވަނަސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:                     

- ޕްރޮފެޝަނަލް ކޮލިފިކޭޝަން؛ އޭސީސީއޭ, ސީޕީއޭ ނުވަތަ ސީއޭ/ މާސްޓަރސް އިން އެޕަލައިޑް އެކައުންޓިންގ ނުވަތަ ބެޗްލަރ އޮފް އެކައުންޓިންގ

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  

- އެކައުންޓިންގގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މާރކެޓް އަދި ބޭންކިންގގެ ނިޒާމު ހިންގާ ގޮތުގެ މަޢުލޫމާތު ލިބިފައިވުމާއެކު އެފަދަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން.

- އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން. 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާޓްމަންޓުގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯޓިންގ، ފައިނޭންޝަލް ރިކޯޑުތައް، އިންކަމް އާއި އެކްސްޕެންސްތަކުގެ ތަފުސީލު/އެކައުންޓިންގ ޑޮކިއުމަންޓްސް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.

މަޤާމު: ޓެކްނީޝަން

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: އިންފޮރމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓް

އަސާސީމުސާރަ:  5050.00ރ. – 5570.00 ރ.

ސަރވިސް އެލަވަންސް: 1000.00ރ. – 1500.00 ރ.

އެހެނިހެން އެލަވަންސް/ޢިނާޔަތް : އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން: އިންފޮރމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ޝަރުޠު:                   

- ޑިޕްލޮމާ ނުވަތަ ހަޔަރ ޑިޕްލޮމާ އައިޓީ ނުވަތަ ސީ.ސީ.އެން.އޭ/ އެމް.ސީ.އެސް.ސީ /އޭ ޕްލަސް ޕްރޮފެޝަނަލް ސާރޓިފިކޭޝަން ހާސިލުކޮށްފައިވުން.

- މި މަޤާމަށް މީހުން ހޮވުމުގައި މި ދާއިރާއިން 1 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްފަކަށް އިސްކަން ދެވޭނެއެވެ.

- ވިންޑޯޒް ސަރވަރ، ޑެސްކްޓޮޕް އޮޕަރޭޓިންގ ސިސްޓަމް އަދި، ކޯޕަރޭޓް ޕްރިންޓިންގ އިންފްރާސްޓްރަކްޗަރ، އެޑްމިނިސްޓްރޭޓް ކުރުމުގެ ތަޖުރިބާ ލިބިފައި ހުރުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާޓްމަންޓުގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުންފުނީގެ އިންފޮރމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަންގެ އެންމެހާ ކަންތައްތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓު ދިނުން.

މަޤާމު:އެސިސްޓެންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު: 04   

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

އަސާސީ މުސާރަ: 4400.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/ޢިނާޔަތް : އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް - ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު                 

- ޖީ.ސީ.އީ އޯލެވެލް (ހިސާބު ނުވަތަ އެކައުންޓްސް އިން ފާސްވެފައިވުން)

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ. 

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ފެރީ ޓިކެޓުތައް އިޝޫކޮށް، ކަސްޓަމަރުންނަށް ފެރީ ޓިކެޓާބެހޭ ޚިދުމަތް ފޯރުކޮށްދިނުން. އަދި ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން.    

   ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް:[email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014