މަސައްކަތް
ނަންބަރު: 137-IU/PR/2014/75
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 26 އޮކްޓޫބަރު 2014 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބް އޭރިއާ ބޮޑުކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިހޮސްޕިޓަލުގެ ލެބޯޓްރީ އޭރިޔާ ބޮޑުކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

1. ޕްރީބިޑް މީޓިންގ (މަޢުލޫމާތު ސާފުކުރުން) އޮންނާނީ 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.

2. އަދި މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮޖެކްޓް މެނޭޖަރ [email protected] އަށް ފޮނުއްވުން އެދެމެވެ.

3. ބިޑް ހުޅުވުން އޮންނާނީ 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

26 ޛުލްޙިއްޖާ 1435

20 އޮކްޓޫބަރު 2014