މަސައްކަތް
ނަންބަރު: 420/2014/46
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 27 އޮކްޓޫބަރު 2014 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދިނުމަށް

އަންދާސީހިސާބު ހޯދުން

ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 27 އޮކްޓޫބަރު 2014 ވާ ހޯމަދުވަހުގެ 2:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު

01-  ކައުންސިލުގެ އިދާރާގެ ފާޚާނާގެ މަތީޝީޓު ތަޅައި ނެގުމަށްފަހު، އަލުން އެތާނގައި ކޮންކްރީޓް ޝީޓެއް އެޅުން.

02-  ޢިމާރާތުގެ އެތެރެއާއި ބޭރުގެ ފާރުތަކުން ސިމެންތި ފައިބާފައިވާ ތަންތަނުގައި ސިމެންތި ހަރުލާވަރަށް ކޮށައި ސިމެންތިޖެހުން.

03-  ޢިމާރާތުގެ އެތެރެއާއި ބޭރުގެ ފާރުތަކުގައި ކަނޑައިގެންގޮސްފައިވާ ރެނދު ބައްދައި އެއްވަރުކުރުން.

04-  ޢިމާރާތުގެ އެތެރެއާއި ބޭރުގައި ކުލައާއި ދަވާދުލުން

މި މަސައްކަތް ކުރުމަށްޓަކައި އަންދާސީހިސާބު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/36,43 ގެ ދެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ ދެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

25 ޛުލްޙިއްޖާ 1435

19 އޮކްޓޫބަރު 2014