ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2022/47
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިއުލާންކުރުން

އިޢުލާން

 

ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިއުލާންކުރުން

                 

            ތަފާތު އެކި ބޭނުންތަކާއި މަސައްކަތްތައް ކުރުމަށް ނ. މަނަދޫއަށް ގެނެވޭ ބިދޭސީން މިއަދުން ފެށިގެން މިކައުންސިލްގައި ރަޖިސްޓްރީކުރުމަށް ނިންމާ، މިއަދުން ފެށިގެން ރަޖިސްޓްރީކުރުމަށް އަންގަމެވެ. މަނަދޫގައި އެއްވެސް މަސައްކަތެއްކުރުމަށްޓަކައި އެއްވެސް ފަރާތަކުން ބިދޭސީން ގެންނަނަމަ، މިދަންނަވާ މައުލުމާތުތަކާއިއެކު މިކައުންސިލްގައި ރަޖިސްޓްރީކުރަން ޖެހޭނެއެވެ.

  1. ގެނެވޭ ބިދޭސީންގެ ފުރިހަމަ ނަން
  2. ގެނެވޭ ބިދޭސީ ނުވަތަ ބިދޭސީންނާއި ޒިންމާވާ ފަރާތުގެ ފުރިހަމަ ނަން/ ކުންފުނީގެ މައުލޫމާތު
  3. މަސައްކަތްކުރާ ސައިޓްގެ މައުލޫމާތު
  4. ބިދޭސީންގެ ވާރކްޕާރމިޓް ކާޑް ނަންބަރ/ މުއްދަތު ހަމަވާ ތާރީހް
  5. ވާރކްޕާމިޓް އަދި ޕާސްޕޯޓް ކޮޕީ

            މިއުސޫލަށް ހުރިހާ ފަރާތްތަކުންވެސް މިއަދުން ފެށިގެން އަމަލުކުރުމަށް އަންގަމެވެ. މިކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި މިކައުންސިލްގެ ހުއްދަ ނުހޯދާ މަނަދޫގައި ބިދޭސީން ނުގެންގުޅެވޭނެ ވާހަކަ ދަންނަވަން.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                      29 އޮގަސްޓް 2022

29 އޮގަސްޓް 2022