މަސައްކަތް
ނަންބަރު: (IUL)447-CS3/447/2014/20
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި:
27 އޮކްޓޫބަރު 2014 10:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޭންޑިންގ ކްރާފްޓުގެ ސޭންޑް ބްލާސްޓްކޮށްދޭނެ ފަރާތެއް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސަރވިސަސްގެ ލޭންޑިންގ ކްރާފްޓުގެ ސޭންޑް ބްލާސްޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮކްޓޫބަރު 2014 ވާ ހޯމަދުވަހުގެ 10:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ނޮވެންބަރު 2014 ވާ ބުދަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުއްވުން އެދެމެވެ.
25 ޛުލްޙިއްޖާ 1435
19 އޮކްޓޫބަރު 2014