ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2022/202
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 15 ސެޕްޓެންބަރު 2022 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންގެ ވަޒީފާގެ ފުރުޞަތު

ސިފައިންގެ ވަޒީފާގެ ފުރުޞަތު

 ފެންވަރު ނުވަތަ ޝަރުތު:

  • ދިވެހި ރައްޔިތެއްކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • ޢުމުރު 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން.

ނޯޓް:

  • ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  • މި އިޢުލާންގެ ބޭނުމަށް ޢުމުރުފުރާ ބަލާނީ 2022 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • ސިފައިންގެ ވަޒީފާއަށްއެދޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އަދި އެމް.އެން.ޑީ.އެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށްއެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް މި މިނިސްޓްރީންނެވެ. އަދި އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ [email protected] އަށެވެ.
  • އޭރިއާ ތަކުގައި އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށްއެދޭ ފޯމުގައި ބަޔާންކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 2141 އިން އަދި އެމް.އެން.ޑީ.އެފް ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

01 ޞަފަރު 1444

 

28 އޮގަސްޓް 2022