ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-23/GS-23/2014/13
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 27 އޮކްޓޫބަރު 2014 15:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޕްރިންޓަރ  

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ރޭންކް:

އެސް.އެސް 3

މުސާރަ:

3875.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ސެކްޝަން:

އިދާރީ

މެޑިކަލް އިންޝުރެންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މ. އަތޮޅު ތަޢުލީމީ މަރުކަޒު، މ. މުލި

އަސާސީ ޝަރުޠު:

1- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގައި ކުރަންޖެހޭ  މައިގަނޑު މަސައްކަތް:

1- ސްކޫލުގެ ފަރާތުން  ފޮޓޯކޮޕީ ނަގަންޖެހޭ ނުވަތަ ޗާޕު ކުރަންޖެހޭ އެންމެހައި ތަކެތި، ރައްކާތެރިކަމާއެކު ބޭނުންވާ ވަގުތުގެ ކުރިން ޗާޕްކޮށް ހީރަސްޖަހައިދިނުން.

2- ޗާޕު މެޝިންތަކާއި،  ފޮޓޯކޮޕީ މެޝިންތައް ރަނގަޅަށް ބެލެހެއްޓުމާއި، މެޝިންތަކަށް މައްސަލައެއް ޖެހިއްޖެނަމަ،   ލަސްނުކޮށް ސުޕަވައިޒަރަށް އެކަން އެންގުން.

3- ޗާޕުކުރާ ތަކެއްޝާއި، ފޮޓޯކޮޕީ ހައްދާ ތަކެތި ޓީޗަރުން ބޭނުންވާގޮތަށް ކަފައިދިނުން.

4- ޗާޕުކުރުމަށާއި، ފޯޓޯކޮޕީއަށް ބޭނުންވާ ސާމާނު ސްޓޮކުގައި ހުރިތޯ ޗެކުކުރުން. އަދި ބޭނުންވާ ތަކެތި ހޯދުމަށް ސްޓޮކް ބަލަހައްޓާ މުވައްޒަފަށް ހުށަހެޅުން.

5- ޗާޕްކުރުމާއި ފޮޓޯ ކޮޕީ ނެގުމަށް ސްކޫލުގެ ފަރާތުން ކަނޑައަޅާފައިވާ އުސޫތަކާ އެއްގޮތަށް މަސައްކަތް ކުރިޔަށްގެންދިޔުން.

6- ސްކޫލުގެ އިމްތިޙާން ޕޭޕަރުތައް ޗާޕްކުރުމުގައި ފުރިހަމަ ރައްކާތެރިކަމާއެކު ޕޭޕަރުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

7- ސްކޫލުގެ މަޤްޞަދު ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރުން.

8- ޕްރިންޓިންގ ރޫމުގެ ލިޔުކިޔުމާއި އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:

- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއަށާއި، މަސައްކަތުގެ ހުނަރާއި،  ފެންވަރާއި ޤާބިލްކަމުގެ ސިފަތަކަށެވެ.

 އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިޔުކުރުމަށް ފަހުގައެވެ.  ކުރިމަތިލާ ފަރާތްތަކާ އިންޓަވިޔުކުރުން އޮންނާނީ، 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހު މ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ސުންގަޑި:

މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 27 ވާ ހޯމަދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 7952901 އާ ގުޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، ސްކޫލް އޮފީހުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ލިބެން ހުންނާނެ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ ލިޔުންތަކުގެ އަސްލު.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

                         20 ޛުލްޙިއްޖާ 1435

14 އޮކްޓޫބަރު 2014