ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/121
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 29 ސެޕްޓެންބަރު 2022 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މެރިޓައިމް ސޭފްޓީ ވީކް ދިވެހިރާއްޖޭގައި ފާހަގަ ކުރުން

އިޢުލާން

 

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މެރިޓައިމް ސޭފްޓީ ވީކް ދިވެހިރާއްޖޭގައި ފާހަގަ ކުރުން 22 ސެޕްޓެމްބަރު 2022 އިން ފެށިގެން 29 ސެޕްޓެމްބަރު 2022 އަށް ކުރިއަށް ދާނެއެވެ. މި ހަފްތާ ފާހަގަ ކުރުމުގެ ގޮތުން އެކިއެކި ހަރާކާތްތަށް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައިވެއެވެ. މިގޮތުން ހިންގޭ ހަރަކާތްތަކުގެ މަގްސަދަކީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަން އިތުރު ކުރުމަށް ހޭލުންތެރިކުރުވުމުވެ. އަދި ކަނޑު ދަތުރުފަތުރުގެ ސިނާއަތުގައި ހުރި ފުރުސަތުތަށް ސްކޫލްތަކުގެ ދަރިވަރުންނަށް އަންގާދިނުމެވެ. މި ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާއި ތިމާވެށީގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން މާލޭ ނޯތު ހާބަރ ގައި މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން މިދަންނަވާ ކަންކަމުގައި ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރަމެވެ.

  1. މުޅި ރާއްޖޭގައި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިއްމުކަން އަންގާދިނުމަށްޓަކައި ކަނޑުގައި ދުއްވާ ހުރިހާ އުޅަނދެއްގައި ސަލާމަތީ ދިދަ ސެޓް (ސީ.ބީ.5 އަދި އެން ދިދަ) މުޅި ހަފްތާގައި އުޅަނދުފަހަރުގައި ނަގާފައި ބެހެއްޓުން

  2. ރާއްޖޭގެ ހުރިހާ ރަށެއްގެ ބަނދަރުތަކަށް އަންނަ އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އުޅަނދުފަހަރުގައި ހަމަޖެހިފައި ހުރުން ލާޒިމްކުރާ ކަންކަން ހަމަޖެހިފައި ވޭތޯ ބެލުމަށް ކަމާބެހޭ މުއައްސަސާތަކުން އުޅަނދު ފަހަރަށް އަރައި ޗެކްކޮށް މައުލޫމާތު ދެމުންދާނެތީ މި ކަމުގައި އެއްބާރުލުން ދެއްވުން

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އުޅަނދުފަހަރު އޮޕަރޭޓް ކުރައްވާ ފަރާތްތަކާއި އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުން އެއްބާރުލުން ދެއްވުމަށް އެދި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

29 އޮގަސްޓް 2022