ދިވެހިރާއްޖެ
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާ، މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ' ގެ ދަށުން 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ނިންމާފައިވުމާ ގުޅިގެން، 1 ޖަނަވަރީ 2011 ން ފެށިގެން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް (ބްލެންޑްސް) ދިވެހިރާއްޖެއަށް އެތެރެކުރާ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
މިގޮތުން، 2015 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރަކީ 53.6 (ފަންސާސް ތިނެއް ޕޮއިންޓް ހައެއް) މެޓްރިކްޓަނެވެ. އަދި، މިއަދަދަށް ގޭސް އެތެރެކުރެވޭނީ 2015 ވަނަ އަހަރު އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމުގެ ޚާއްޞަ ހުއްދަ ދެވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެކަންޏެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިއުލާން ކުރަމެވެ.
26 ޛުލްޙިއްޖާ 1435