ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-2.2/1/2014/62
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 21 އޮކްޓޫބަރު 2014 12:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިސްލާމިކް ފައިނޭންސާބެހޭ ޕަބްލިކް ލެކްޗަރ ދިނުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިއޮތޯރިޓީ ގުޅިގެން އިސްލާމިކް ފައިނޭންސާބެހޭ ޕަބްލިކް ލެކްޗަރެއް "އަންޑަރސްޓޭންޑިންގ އިސްލާމިކް ފައިނޭންސް" ގެ ނަމުގައި 21 އޮކްޓޫބަރު 2014 (އަންގާރަ) ދުވަހުގެ މެންދުރުފަހުގެ 02:00 އިން 03:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހިލޭ ބައިވެރވެވޭގޮތަށް ހަމަޖެހިފައިވާ މި ޕަބްލިކް ލެކްޗަރ ކުރިއަށް ގެންދާނީ އިނގިރޭސިބަހުންނެވެ.

މި ލެކްޗަރގައި މަޢުލޫމާތު ދެއްވާނީ، އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF) ގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. އަޙްސީން ލަޙްސަސްނާއެވެ.

ވީމާ، ޕަބްލިކް ލެކްޗަރގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ނަމާއި ގުޅޭނެ ފޯނު ނަންބަރާއެކު، 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014103، 3014112 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ޛުލްޙިއްޖާ 1435   

19 އޮކްޓޫބަރު 2014