ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޕީޗް ތެރަޕީ ރޫމަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމާއި ސައުންޑް ޕްރޫފް ސްޓޭޝަނަކާއި އެކު އޯޑިއޯމެޓްރީ ރޫމެއް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)KRH-PLD/2022/57(14 އޮގަސްޓު 2022) އިޢުލާންގެ ސްކޯޕަށް ބަދަލު ގެންނަން ބޭނުންވާތީ އެ އިޢުލާން ބާތިލުކޮށްފީމެވެ. އަދި ސައުންޑް ޕްރޫފް ސްޓޭޝަނަކާއި އެކު އޯޑިއޯމެޓްރީ ރޫމެއް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 28 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 05 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢުލުމާތު ކަރުދާސް މެއިލް ކޮށްދެވޭނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން(ހޮސްޕިޓަލް މީޓިންގ ރޫމް)
08 ސެޕްޓެންބަރު 2022ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި
މި އިޢުލާނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 06 ސެޕްޓެންބަރު 2022 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.