ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/74
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 21 ސެޕްޓެންބަރު 2022 00:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި/ހައުސިންގ ޔުނިޓާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމާއިގުޅޭ؛

އެގިވަޑައިގަންނަވާނެ ފަދައިން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ގޯތި/ހައުސިންގ ޔުނިޓާއި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމަކީ، އުޞޫލެއްގެ ގޮތުން އެގޯއްޗެއް ނުވަތަ ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އަދި މިހާތަނަށް މުޅިރާއްޖޭގައިވެސް މިކަން ކުރަމުން ގެންދަނީ މިގޮތަށެވެ. ނަމަވެސް ގދ.ހޯނޑެއްދޫ އިން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި/އަމިއްލަ ގޯތި/ހައުސިންގ ޔުނިޓް ތަކުގެ މަގުތައް ސާފުކޮށް ނުބެލެހެއްޓުމުން ވިނަފަޅާ އެކަމުގެ ސަބަބުން ހިގާބިގާވެ އުޅޭމީހުންނާއި އެއްގަމުގައި ދުއްވާ އުޅަނދު ތަކަށް ވަރަށްބޮޑު ދަތިތަކާއި ކުރިމަތިވެ، މަގުމަތީގެ ސާފުތާހިރުކަން ގެއްލިފައިވާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، މިކައުންސިލުން ފާސްކޮށް އާއްމުކޮށްފައިވާ މަގުމަތި ކުނިކެހުމާއިބެހޭ އުޞޫލުގައިވާ ގޮތުގެ މަތިން 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ގދ.ހޯނޑެއްދޫ އިން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި/އަމިއްލަ ގޯތި/ހައުސިންގ ޔުނިޓް ތަކާއި ގުޅިފައިވާ މަގުތަކުގެ ދެބައިކުޅަ އެއްބައި ސާފުކުރުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މަގުގައި ހެދިފައިވާ ވިނަނޮޅާ ސާފުނުކޮށްފިނަމަ "ގދ.ހޯނޑެއްދޫ މަގުމަތި ކުނިކެހުމާއިބެހޭ އުސޫލު" ގެ 5 ވަނަ މާއްދާއަށް ޢަމަލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި ހަމައެއާއިއެކު ގޯތި/ހައުސިންގ ޔުނިޓުގެ ވެރިފަރާތްތަކުން އެގޯއްޗެއް ނުވަތަ ހައުސިންގ ޔުނިޓާއި ގުޅިފައިވާ މަގުތަކުގެ ދެބައިކުޅަ އެއްބައި ޤަވާއިދުން ސާފުކޮށް ބެލެހެއްޓުމަށްވެސް ހަދާންކޮށްދެމެވެ. މިއިޢުލާނާއިއެކު މިކައުންސިލުން ފާސްކޮށްފައިވާ މަގުމަތި ކުނިކެހުމާއިބެހޭ އުސޫލުގެ ކޮޕީއެއް އާންމު ކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

28 އޮގަސްޓް 2022